ads
2 ކާރާއި 4 ސައިކަލް ބްރިޖުމަތީ ޖެހި ރޭ ހިނގި އެކްސިޑެންޓް
އެއާޕޯޓް ކަންމަތިން ސައިކަލަކާއި ކާރެއްޖެހި މީހަކަށް ފަރުވާދެނީ
ސިނަމާލެ ބްރިޖުން އެއާޕޯޓަށް ދާން އަޅާ މަގުގެ ކަންމަތިން ސައިކަލަކާއި ކާރެއްޖެހި މީހަކަށް ފަރުވާދެން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ މި މި އެކްސިޑެންޓުގެ ރިޕޯޓް ލިބުނީ ރޭ 23:15 ހާއިރުކަމަށެވެ.

މި ހާދިސާ ހިނގީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ކާރަކާއި، ހުޅުމާލެއިން އެއާޕޯޓަށް ދާން އޮންނަ މަގަށް އެޅި ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ބުނެއެވެ. 

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ ޒަހަމްވެގެން އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ. 

މިދިޔަ ހަފްތާގައިވެސް ބްރިޖުގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިންގާފައެވެ. 2 ކާރާއި 4 ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓުގައި 4 މީހަކު ޒަހަމްވެ ވަނީ ފަރުވާދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް