ads
ސަރުކާރު ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ
ރޯދަ މަހު، ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިތައް މިއަދު އާންމުކޮށްފި
އަންނަ ބުދަ ދުވަހު ފެށޭ ރޯދަ މަހު، ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިތައް މިއަދު އާންމުކޮށްފި އެވެ.
Advertisement

ރައީސް އޮފީހުން މިއަދު ބުނީ ކުރިންވެސް ހަމަޖައްސަވައިފައިވާގޮތަށް، މި އަހަރުގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރޯދަމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ހަމަޖައްސަވައި، އެކަމާބެހޭ ދެންނެވުމެއް ރައީސް އޮފީހުން ނެރުއްވާފައި ވަނީ 2022 މާރިޗު ހައެއްގައެވެ.

އާއްމު މަސްމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަނޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.

މީގެ އިތުރުން މި ސަރުކާރު އައި ފަހުން ރޯދަ މަހުގެ ފަހު 10 ދުވަސް އެއީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކަލެންޑަރުގައި ވާގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވަނަ ދުވަހެވެ. މި މަހުގެ 17 ވަނަ ދުވަހު ރޯދައަށް ހަނދު ބަލާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް