ads
އަންނި ޖެޓީގައި ކުރިން ކެފޭ ހުރިތަން
އަންނި ޖެޓީގައި ކެފޭހުރިތާ ވަގުތީ މާރުކޭޓެއް ހަދަނީ
ނޯތު ހާބަރު ކެފޭހުރިތާ ވަގުތީ މާރުކޭޓެއް ހުޅުވަން ނިންމައިފިއެވެ.
Advertisement

އެގިރިކަލްޗަރު މިނިސްޓްރީން ބުނީ އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކާނެ ވަގުތީ މާރުކޭޓެއް ހުޅުވަން ނިންމާފައިވާކަމަށެވެ. އަދި މިތަނުގައި ތަކެތި ވިއްކަން ދަނޑުވެރިކަން ކުރާ 7 ރަށަކުން ބައިވެރިވެފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

މި މާރުކޭޓުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް(އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައްވެސް ލިބެން ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ގާއިމް ކުރާ މާރުކޭޓް، އަންނަ އަންގާރަ ދުވަހު ހުޅުވުމަށް، ވާންޖެހޭ ތައްޔާރިތައް ވަމުން އަންނަކަމަށްވެސް އެގްރިކަލްޗަރު މިނިސްޓްރީން ބުނެއެވެ.

މި މާރުކޭޓުން ވިއްކާނީ ރާއްޖޭގެ ދަނޑުތަކުގައި، އުފައްދާ ތަކެއްޗެވެ. އަދި މި މާރުކޭޓްގައި ތަކެތި ވިއްކުމުގައި ހަރަކާތްތެރި ވާނީ ދިވެހިންކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް