ads
ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން
ޕޮލިސް ކޮމިޝަނަރު ނަވީން ރިޓަޔާ ކުރައްވަނީ
ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.
Advertisement

ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމާ ނަވީން އައްޔަންކުރީ މިދިޔަ އަހަރުގެ ޖޫންމަހުގެ 10 ވަނަ ދުވަހުއެވެ. ކުރިން ޑެޕިއުޓީ ކޮމިޝަރަކަށް ހުންނެވި ނަވީން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލިއަކަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. 

ކޮމިޝަނަރުގެ މަގާމާ ހަވާލިވިތާ އަހަރެއްވެސް ނުވަނީ ނަވީން މަގާމުން ރިޓަޔާ ކުރައްވަން ނިންމެވި ސަބަބެއް ސާފދެއް ނުވެއެވެ. އެހެންނަމަވެސް މަގާމުން ރިޓަޔާ ކުރައްވަން ނިންމެވިކަން ވަނީ އެނގިފައެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްމާއިލް ނަވީން ރިޓަޔާ ކުރައްވަން ނިންމަވާފައި މިވަނީ އޭނާއާ ފުލުހުންގެ އިތުރު އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ފާސްވެސް ކޮށްފައި އޮއްވައެވެ. މާލިއްޔަތު ކޮމިޓީން އެ ގޮތަށް ނިންމާ ފުލުހުންގެ ކުންފުނި ޕޮލްކޯއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބެލުމަށްފަހު އެކުލަވާލި ރިޕޯޓަކާއި ހަވާލާދީއެވެ. 

ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިދުމަތާއި ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ. އިސްމާއީލް ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޯޕަރޭޓް ސާވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ސެންޓްރަލް ޕޮލީސިންގ ކޮމާންޑްގެ ވެރިޔާގެ މަޤާމާއި، ފޮރެންސިކް ސާވިސަސް ޑިރެކްޓަރޭޓް މަޤާމު ފުރުއްވާފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލަރު އޮފް ލޯ ހާސިލުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް