ads
ވެލާނާގެ
ސަރުކާރު މުވައްޒަފުން ގަޑި ނުޖެހި ގޭގައި މަސައްކަތްކުރަން ލުއިދެނީ
ސަރުކާރު މުވައްޒަފުން ގަޑި ނުޖެހި ގޭގައި މަސައްކަތް ކުރެވޭ ގޮތަށް ލުއިތަކެއް ދޭން ނިންމާފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖްތާޒު ވިދާޅުވެއްޖެއެވެ
Advertisement

ދައުލަތުގެ މީޑީއާގައި ވާހަކަ ދައްކަވަމުން މުޖްތާޒު ވިދާޅުވީ ސަރުކާރު ބައެއް މުވައްޒަފުންނަށް ދިމާވާ ބައެއް ކަންކަމުގެ ސަބަބުން އޮފީހަށް ސީދާ ގަޑިއަށް އޮފީހަށް ދިޔުމަށް އައުމުގައި ތަކުލީފުތަކެއް ދިމާވަމުންދާ ކަމަށެވެ. އަދި ބައެއް މުވައްޒަފުންނަށް ދިމާވާ ކަންކަމުގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެދެމުން އަންކަމަށްވެސް މުޖުތާޒު ވިދާޅުވިއެވެ. 

އެހެންކަމުން އެ ކަންކަންކަމަށް ވިސްނާ ސަރުކާރު މުވައްޒަފުންނަށް އޮފީހަށް ހާޒިރުވާންޖެހޭ ގަޑިތަކަށް ލުއިދޭން ނިންމާފައިވާކަމަށްވެސް މުޖުތާޒު ވިދާޅުވިއެވެ.

" އެކި ހާލަތްތަކުގައި ދިމާވާ ދަތިތަކުގެ ސަބަބުން މުވައްޒަފުން ހާޒިރުވާ ގަޑިއަށް ލުއިތަކެއް ދިނުމަށް މިނިންމީ." ދައުލަތުގެ މީޑިއާއަށް މުޖްތާޒު ވިދާޅުވިއެވެ.

ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން އަދާކުރެވޭނެ ބައެއް މަސައްކަތް ހުރިނަމަވެސް އޮފީހަށް ހާޒިރުވާން ޖެހުމުން މުވައްޒަފުންގެ އުފެއްދުންތެރި ކަމަށް އަސަރު ކުރާ ކަމަށް މުޖުތާޒު ވިދާޅުވިއެވެ. އެހެންކަމުން މުވައްޒަފުންނަށް ލުއި ދިނުމަށް ގެނައި ބަދަލުތައް "ބަފަރ ޓައިމް" ވަރަށް ހާމަކުރާނެކަމަށްވެސް މުޖުތާޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް