ads
މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ޑޮލަރު މާރުކުރުން ފަހުން އުވާލާނެ ކަމަށް ގަވަރުނަރު ވިދާޅުވި: މަޓީ
އެމްއެމްއޭއަށް ރިސީޓްތަކުން ޑޮލަރު މާރުކުރުން މަޖްބޫރު ކުރުވާ މިހާރު ހަދާފައިވާ ގަވައިދު ފަހުން އުވާލާނެކަމަށް އެމްއެމްއޭގެ ގަވަރުނަރާ ވިދާޅުވިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ބުނެފިއެވެ.
Advertisement

މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގައި ކުރިއަށްގެންދިޔަ އޯޕަން ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މަޓީގެ ނިމުނު ދައުރުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ގަވައިދު ހެދުމުގެ ކުރިން އެ ޖަމިއްޔާއާއި އެކު ކުރެވުނު މަޝްވަރާތަކުގައި ދެކެވުނު ބައެއް ވާހަކަތައް ތިލަކުރައްވާފައެވެ. 

އެގޮތުން އޭނާ ވިދާޅުވީ ޑޮލަރު މާރުކުރަން މަޖްބޫރުކޮށް ހެދި ގަވައިދު ފަހުން އުވާލައްވާނެކަމަށާއި އޭގެ ފަހުން އެއަށް ފަހު އުއްމީދަކީ ފްލޯޓިން އެކްސްޗޭންޖް ރޭޓު ނިޒާމަކަށް ބަދަލުކުރުން ކަމަށް އެ ބައްދަލވުމުގައި ގަވަރު ނަރު ވިދާޅުވިކަމަށެވެ. 

ނަޒީރު އެހެން ވިދާޅުވުމުން މަޓީގެ އާ ޗެއާމަން ހުސައިން އަފީފް (ޗަމްޕާ އަފީފް) ވަނީ ސުވާލެއް އުފައްދަވާފައެވެ. އޭނާގެ ސުވާލަކަށް ވީ އެ ބަދަލުތައް ގެންނަން ކިހާ މުއްދަތެއް ނަގާނެތޯ ގަވަރުބަރު ވިދާޅުވިތޯއެވެ. އަފީފްގެ މި ސުވާލަށް ޖަވާބު ދެއްވަމުން ނަޒީރު ވިދާޅުވީ އެ ބަދަލުތައް ގެންނާނެ ވަކި މުއްދަތެއް ގަވަރުނަރު ވިދާޅުނުވާކަމަށެވެ. އެހެންނަމަވެސް ފަހަރެއްގައި އެ މަސައްކަތް މިހާރު ކުރަނީ ކަމަށްވެދާނެކަމަށް ނަޒީރު ވިދާޅުވިއެވެ. 

ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖްބޫރު ކުރުވާ ގަވައިދަށް އަމަލުކުރުމުގެ ކުރުން މަޓީއާ އެމްއެމްއޭއިން މަޝްވަރާކުރިއެވެ. އެހެންނަމަވެސް އެ ގަވާއިދަށް އެކުލަވާލީ މަޓީން ދެއްކި ވާހަތަކަށް ރިއާޔަތް ނުކޮށްކަމަށް މަޓީން ކުރިން ވަނީ ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް