ads
ރައީސް ސޯލިހް
މަޖިލިސް އިންތިހާބު ކުރަންވީ ރިޔާސީ ދައުރުގެ މެދުތެރެއިން: ސާލިހް
ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަންވީ ރިޔާސީ ދައުރުގެ މެދުތެރެއިންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުން ކުރާ ހޭދަ ބޮޑުކަމަށް ބުނެ ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުގެ ސުޕާ މެޖޯރިޓީ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ވަނީ ފާސްކޮށްފައެވެ. އެއާއި އެކު އެކަމަށް ދެން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާށެވެ. އެ ވޯޓު އަންނަ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ނެގުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. 

ޅ. ކުރެންދޫ އެމްޑީޕީގެ ހަރުގެ ހުޅުވަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ  ދެެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ފާސްކުރި ކުރުމަކީ ރަނގަޅު ގޮތްކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. 

ސަބަބެއްކަމަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު ކުޑަ ދުވަސްކޮޅެެއްގެ ތެރޭގައި މަޖިލިސް އިންތިހާބު މިހާރު ބާއްވާއިރުވެސް އޭރު އޮންނަ ސަރުކާރަކަށް ބޮޑު އަގުލަބިއްޔަތެއް ލިބޭކަމަށާއި އެކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ނުކުރުރެވޭކަމަށެވެ. އެހެންކަމުން މިހާރު މަޖިލިސް އިންތިހާބު އޮންނަ ދުވަސްވަރު ރަނގަޅު ނޫންކަން ފާހަގަކުރައްވަމުން ރައީސް ސާލިހް ވަނީ މިދިޔަ  މަޖިލިސް ތިން އިންތިހާބު ނިމުނު ގޮތަށް އިޝާރާތް ކުރައްވާފައެވެ. 

"ރައީސް ޔާމީން އިންތިހާބުވެވަޑައިގެން ބޭއްވި މަޖިލިސް އިންތިހާބުގައި ބޮޑުކޮށް މަޖިލިސް ނެންގެވި. ދެން އައީ އަޅުގަނޑު، އަޅުގަނޑު ނެގިން ޔާމީނަށް ވުރެ ބޮޑުކޮށް މަޖިލިސް މެޖޯރިޓީ. ދެން މި އައީ ރައީސް މުއިއްޒު، ރައީސް މުއިއްޒު ނެންގެވީ އެއަށްވުރެ މާ ގިނައިން،" ސާލިހް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބާއްވަން ފެންނަ ދެ ގޮތެއް ރައީސް ސާލިހް ވިދާޅުވިއެވެ. އެގޮތުން އެއް ގޮތަކީ ރިޔާސީ ދައުރުގެ މެދުތެރެއިން، ރިޔާސީ އިންތިހާބަށް ދެ އަހަރާއި ބައިވުމުން މަޖިލިސް އިންތިހާބު ބޭއްވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނޫނީ ދެން އެންމެ ރަނގަޅު ގޮތަކީ ދެ އަހަރު ބަޔަށް މަޖިލީހުގެ ދައުރު ކުރުކުރުން ކަމަށެވެ. އޭރުން ރިޔާސީ އިންތިހާބާއެކު މަޖިލިސް އިންތިހާބު ބޭއްވުމަށްފަހު ރިޔާސީ ދައުރުގެ މެދުތެރެއިންވެސް މަޖިލިސް އިންތިހާބެއް އޮންނާނެކަން ރައީސް ސާލިހް ފާހަގަކުރެއްވި އެވެ. 

ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަންވީ ރިޔާސީ ދައުރުގެ މެދުތެރެއިންކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު، ދައުލަތާއި ސަރުކާރު ޖަވާބު ދާރީ ކުރުވަން "މިޑްޓާމް އިލެކްޝަން" ގާނޫނު އަސާސީން ޖާގަ ދިނުމާއެކު އިންތިހާބީ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް އެދޭ ރާއްޖެ ކެމްޕެއިން ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

އެގޮތުން:

1 . ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަތިގެއެއް އުފައްދައި، މަތިގެ އަކާއި ތިރިގެ ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީސް އަލުން ތަރުތީބު ކުރުމަށް

ނަތީޖާ:

ތިރިގޭގައި އޮންނަ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ނިންމާ ނިންމުންތަކަށް ހައްލު ލިބުމާއި

ނުފޫޒެއް ނެތި، ސަރުކާރު ޖަވާބުދާރީ ކުރެވި، ކަންކަން ނިންމަނީ ހަގީގަތުގައި ވެސް ދައުލަތުގެ މަންފާ އަށްތޯ ކަވަރު ކުރެވި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުން

2 . ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމާއި ސިޔާސީ ހާލަތު ވަޒަން ކުރަން ލާޒިމް ކުރުމަށް 

ނަތީޖާ:

ފަސް އަހަރުން އެއް ފަހަރުން ލިބޭ ވޯޓްލުމުގެ ފުރުސަތުގެ ބަދަލުގައި ދައުރުގެ މެދުން ގޮތް ނިންމުގެ ފުރުސަތު ލިބި، ގައުމުގެ ސިޔާސީ ހާލަތު ވަޒަން ކުރަން އެނގުން  

3. މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށާއި ދާއިރާތަކުގެ ބަދަލުގައި އެންމެ ކުޑަވެގެން މުޅި އަތޮޅުން/ ސިޓީން ވޯޓްލައިގެން މެމްބަރުން އިންތިހާބު ކުރާގޮތަށް ހަމަޖައްސައި، އިންތިހާބުވާ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމަށާއި އެކު ރިކޯލް ވޯޓް ނެގުމާއި އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުމަށް 

ނަތީޖާ:

މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ނުދިޔުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނެސް، ރިކޯލް ނެގުމުގެ ފުރުސަތު ލިބުމާއި ގިނަ މީހުންގެ ތާއިދާއެކު ރައްޔިތުންގެ މަންދޫބުން އިންތިހާބުވުމާއި ދިވެހިރާއްޖޭގެ ވޯޓުލާ ނިޒާމު ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް، އިންތިހާބު ކާމިޔާބުވި ކަމަށް ބެލޭނީ ވޯޓްލާ މީހުންގެ އަގުލަބިއްތު ހޯދާ ކެންޑިޑޭޓުކަމުގަ ވުން

އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.

"އެދޭ ރާއްޖެ" ކަރުދާހުގައި ބުނާ ގޮތުން މިހާރު ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން ފެންނަ އެންބޮޑު މައްސަލައަކީ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވެފައޮންނަ އޮތުމެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި ފެހި ގާނޫނޫ އަސާސީން އިންތިހާބުވި ހަތަރު މަޖިލިސް ވެސް އިހުމާލުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް