ads
ޝައިހް އިބްރާހިމް ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި - ފޮޓޯ: އެހީ ޖަމިއްޔާ
ޝައިހު އިބްރާހިމްގެ ހާލު ގޯސްވެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެނީ
ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ގޯސްވެ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
Advertisement

ޝައިހްގެ ސިއްހީ ކަންކަމުގައި އެހީ ފޯރުކޮށްދެމުންދާ "އެހީ" ޖަމިއްޔާ އިން ބުނި ގޮތުގައި ދަރުސް ދެއްވުމަށް މާލެ ވަޑައިގަތުމަށް ފަހު، ހުން ގަދަވެ ހާލުދެރަވުމުގެ ސަބަބުން އިތުރަށް ބެލުމަށާއި ފަރުވާ ހޯދުމަށް މިއަދު ޝެއިހް އެޑްމިޓްކޮށްފައިވާ ކަމަށެވެ. 

ޝެއިހް މާލެ ވަޑައިގެންނެވީ އަލް އަސްރު އަދި އެޗްޑީސީ ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި "ކަލަކުވޭ ބިރުވެތިވޭ" ދަރުސް ދެއްވުމަށެވެ.

ޝެއިހް އިބްރާހިމް ވަނީ ލޮލުގެ ފަރުވާ ހޯދުމަށް ދާދިފަހުން އާންމުންގެ އެހީއަށް ވެސް އެދިފަ އެވެ. 

ޝައިހުގެ ލޮލުގެ ކަންކަމާއި ހުރިހާ ޓެސްޓު ހެދުމަށް މީގެ ކުރިން އާންމުންގެ އެހީއަށް އެހީ ޖަމިއްޔާއިން ހުޅުވާލި އެވެ. ޖުމްލަ 308،400 ރުފިޔާ ހޯދަން އެހީއަށް ހުޅުވާލިއިރު، 24 ގަޑިއިރު ނުވަނީސް އެ އަދަދު ހަމަވި އެވެ. 

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ޝައިހު މުހައްމަދު އިބްރާހީމަކީ ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގައި އަގުނުކުރެވޭފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް