ads
ވައި ނުސާފުވެ ދުރު ފެންނަވަރު ދަށްވެފައި
ކުރިޔަށް އޮތް 5 ދުވަސް ވަރަށް ވައި ނުސާފު، ބޮޑީ މެދުރާއްޖެތެރެ އާއި އުތުރަށް
ކުރިޔަށް އޮތް 5 ދުވަސް ރާއްޖެއަށް ވަރަށް ވައި ނުސާފުވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
Advertisement

މެޓް އޮފީހުން ބުނީ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް، ހާއްސަކޮށް އުތުރާއި މެދު ރާއްޖެެތެރޭގެ ހިސާބުތަކަށް ކުރަމުން އަންނަކަމަށެވެ. އެގޮތުން މޫސުމާއި ބެހޭ ރިޕޯޓްތަކުގައި ދުރު ފެންނަ މިންވަރު 3 ކިލޯ މީޓަރަށް ވުރެ ދަށުން ރިޕޯޓްކުރަމުންދާކަމަށް މެޓް އޮފީހުން ބުނެއެވެ. 

ކުރިޔަށް އޮތް 5 ދުވަހުވެސް އިރު އުތުރުން އަންނަ ވަޔާއި އެކު ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެކަމަށް ބެލެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 

" އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ހާއްސަ ސާމާލުކަމެއް ދެއްވުން އެދެން." މެޓުން އާއްމުކުރި ނޯޓިސްގައި ބުނެފައިވެއެވެ.

ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެ އެވެ.

އެޗްޕީއޭއިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް