ads
ވޯލްޑް ޓްރެވަލް އެވޯޑްސް: އިންޑިއަން އޯޝަން ގާލާ ހަފްލާ މިއަހަރު ރާއްޖޭގައި - ފޮޓޯ: އެމްއެމްޕީއާރުސީ
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހަފުލާ މި އަހަރު ރާއްޖޭގައި
ޓޫރިޒަމް ދާއިރާ އިން ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވެލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ މި އަހަރުގެ ހަފުލާ ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
Advertisement

މި ތާރީހީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ 27 ސެޕްޓެމްބަރު 2026 ގައެވެ. މި އެވޯޑު ހަފްލާ ރާއްޖޭގައި އެންމެ ފަހުން ބާއްވާފައިވަނީ 10 އަހަރު ކުރިންނެވެ.

މި އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައަޅަނީ ދާއިރާގެ މާހިރުންނާއި، އިސްވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ހިދުމަތްތައް ލިބިގަންނަ ފަރާތްތަކުގެ ވޯޓުންނެވެ.

ކޮންމެ އަހަރަކުވެސް ޑަބްލިއުޓީއޭއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގާލާ ހަފުލާ ބާއްވައި، އެ ސަރަހައްދުތަކުން އެންމެ ރަނގަޅު ހިދުމަތްތެރިން އަންނަނީ ހޮވަމުންނެވެ. އެގޮތުން ބޭއްވޭ ސަރަހައްދީ ހަފުލާތަކަށްފަހު، އަހަރު ނިމޭއިރު ބާއްވަނީ ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ހޮވާ ގްރޭންޑް ފައިނަލް އެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި ހަފުލާ އަލުން ރާއްޖައި ބޭއްވުމަކީ ރާއްޖެއިން މި ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކުގެ އަގުވަޒަންކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.

މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގެ އެކި ކެޓަގަރީތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 22 އާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.

މި އެވޯޑަކީ 1993 އިން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް