އަންނަ މަހުގެ 27އިން 29އަށް ބާއްވާ އެ އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އަލަށް ފަށާ ވިޔަފާރިތަކާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން، ބ. އަތޮޅުގެ ރަށްރަށުގައި ހުރި ވިޔަފާރިތަކާ ސީދާ ގޮތެއްގައި ގުޅުވައިދިނުމެވެ.
އެ އެކްސްޕޯ ފަރުމާކޮށްފައިވަނީ އަތޮޅުތެރޭގެ ވިޔަފާރިތަކާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އައު އީޖާދުތަކަށް މަގުފަހިކޮށްދީ، ވިޔަފާރީގެ ވިއުގަ ވަރުގަދަކުރުން ކަމަށް ވެސް ހައިރައިޒްއިން ވަނީ ބުނެފަ އެވެ.
އެކްސްޕޯގައި ބައިވެރިވާ އެކި ޕާޓްނަރުން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. މިއެކްސްޕޯގެ މެއިން ސްޕޮންސަރުގެ އިތުރުން ސިލްވާ ސްޕޮންސަރަކީ، ބ. އޭދަފުށީ ރެޑް ސްޓާ އެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ހަމަޖައްސާފައިވާ އިރު، ސައުންޑް އެންޑް ލައިޓްނިންގް ޕާޓްނަރަކީ މޯލްޑިވްސް މޫވްމެންޓްސް އެވެ. އަދި ޓެކްނޮލޮޖީ ޕާޓްނަރަކަށް "ފައި-އެސް ސިސްޓަމްސް" ހަމަޖައްސާފައިވާއިރު، ޓެބްލޮއިޑް ޕާޓްނަރަކީ އައިލެންޑް ޗީފެވެ.
މި އެކްސްޕޯގައި ބައިވެރިވި ފުރަތަމަ ތަނަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުރިހާ ފަރާތްތަކަށްވެސް އޮތީ ހުޅުވާލައިފަ އެވެ.