ރޯދައިގެ ހަނދާ ބެހޭ ގޮތުން ރައީސް މައުމޫން އެއްޗެއް ވިދާޅުނުވާތީ އެމަނިމުފާނުގެ ބަހަކަށް ގިނަ ބަޔަކު އިންތިޒާރުކުރާކަން ސޯޝަލް މީޑީގައި ދައުރުވާ ޕޯސްޓްތަކުން އެނގެ އެވެ.
ރައީސް މައުމޫން މީގެ ކުޑައިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަކީ ހިސާބުތައް ދައްކާގޮތުން މާދަމާއަކީ މުލަ ރޯދަ ދުވަސްކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރޯދަމަހުގެ ތަހުނިޔާ ދުނިޔޭގެ އެކިކަންކޮޅުގައި އުޅޭ މުސްލިމުންނަށް ފޮނުއްވާފަ އެވެ.
ރާއްޖޭގެ ކަލަންޑަރުގައިވެސް ވާ ގޮތުން މާދަމާއަކީ މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;