ads
އީސީގެ މެންބަރުކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިން ރިފްއަތު އިއްޔެ ބޭއްވި މަޖިލީހުގެ ކޮމިޓީ އިންޓަވިއުގައި. - ފޮޓޯ/ މަޖިލިސް
އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް ރިފްއަތު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މ. މާވަށު، ކިނާރާ، ރިފްއަތު އަބްދުﷲ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
Advertisement

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސްގެ އޮފީހުން ހުޅުވާލުމާއި ގުޅިގެން ނަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ރައީސްއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވެވީ، އަލްއުސްތާޒު ރިފްއަތު އަބްދުﷲގެ ނަމެވެ.

ރައީސް ފޮނުއްވި ގޮތަށް ރިފްއަތު އެ މަގާމަށް އައްޔަން ކުރަން އިއްޔެ ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ އެ ރިޕޯޓަށް ވޯޓަށް އެހުމެވެ.

އެ ރިޕޯޓަށް ވޯޓަށް އެހުމުން، ރިފްއަތު އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ 58 ވޯޓުންނެވެ.

ރިފްއަތު 2017 އިން 2019އާ ދެމެދު އީސީގެ ލީގަލް ޑިޕާޓްމަންޓްގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އެ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި، ކޮމިޝަނުގެ ނާއިބު ރައީސް، އަބްދުއްރަޙްމާން ސަލާހު ރަޝީދު އަދި މެންބަރު ހަސަން ޒަކަރިއްޔާގެ އިތުރުން މެންބަރު އަބްދުލްހަސީބު އިސްމާއީލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް