ads
ބަނގުރާ ވިއްކަނިކޮށް ހައްޔަރުކުރި ބަންގާޅު މީހުން
ބަނގުރާ ވިއްކާ ބަންގާޅު މީހުންތަކެއް ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލަމް ފަރްހާދް، ބަންގްލަދޭޝް (35އ) އާއި އަބްދުއް ރަހްމާން، ބަންގްލަދޭޝް (35އ) ކަމަށް ފުލުހުން ބުނެއެވެ.  މި ދެ މީހުންނަކީ ވެސް އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުންކަމަށާއި ދެ މީހުން ވެސް މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައިކަމަށް ފުލުހުން ބުނެއެވެ. 

މި މަހު 16 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވއިވާކަށް ފުލުހުން ބުނެއެވެ. 

 މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް