ads
ރޯދަ މަހު ބޭނުން ޖެހިފައިވާ އާއިލާތަކަށް ބީއެމްއެލްގެ މުވައްޒަފުން އެހީވުން - ފޮޓޯ: ބީއެމްއެލް
ރޯދަ މަހު ބޭނުން ޖެހިފައިވާ އާއިލާތަކަށް ބީއެމްއެލްގެ މުވައްޒަފުން އެހީވެއްޖެ
ރޯދަމަހާ ދިމާކޮށް އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެއިޑުން ހިންގާ ހަރަކާތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
Advertisement

އާކް އެއިޑުގެ މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދީންގެ އާއިލާތަކާއި އެކަނިވެރި މައިންގެ އާއިލާތަކަށް އަސާސީ ބޭނުންތައް ފުއްދުމަށް އެހީތެރިވެރިދުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ޕްރޮގްރާމަށް ބޭންކުގެ މުވައްޒަފުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާ އެކު 200އަށް ވުރެ ގިނަ ކުދިންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ހިމެނޭ 100އަށް ވުރެ ގިނަ ޕެކް ހަދިޔާކުރި އެވެ.

ބޭންކުގެ މުވައްޒަފުން ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ ކުރިންވެސް އާކްއަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، މިދިޔަ އަހަރު މަމްސް އެއިޑަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް