ރައީސް އެފަދައިން ވިދާޅުވީ، 1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތާއި ގުޅިގެން ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ. ހިތާބުގައި ރައީސް ވަނީ ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމެއްކަން ފާހަގަކޮށް، އެ މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ނުހަނު އިހްލާސްތެރިކަމާއެކު ފޮނުވާފަ އެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ ބަރަކާތްތެރި ހެޔޮކަމުގެ މޫސުން ބައްދަލުކުރި އިރު، މުޖުތަމައުން ދެކެން ބޭނުންވާ، ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުރި ކަމަށާއި ދީނީކަންކަމާއި، އާދަކާދައިގެ ކަންކަމާއި އުސޫލާއި ގާނޫނާއި ގަވާއިދަށް ބޯލެނބުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އެގޮތުން ފަސްވަގުތު ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، ބޮޑެތި މީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއް ބޭނުންވާ ކަމަށާއި މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ސިއްހީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމައެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ ދިވެހި މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށާއި ރަމަޟާން މަސް އަހުލާގުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދޭ ކަމަށެވެ. އަދި މިކަންކަން ކޮންމެ މީހަކު އަމިއްލަ ނަފުސާ ހަމައިން ފެށުމަށާއި މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
ރޯދަ ވީއްލުމާއި، ހާރުދަން ފަދަ އިޖުތިމާއީ އާއިލީ ބައްދަލުވުންތަކަކީ، ޖަމާއަތުގެ ގުޅުންތައް ހަރުދަނާ ކުރުމާއި، ދޭދޭ ކުލުނާއި ލޯބި އަށަގަންނަވައި ދިނުމުގެ މަދަރުސާ ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ. އެހެންކަމުން މި ކަންކަން އަމިއްލަ ނަފުސާ ހަމައިން ފަށާ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފުސު އެ ބަދަލާ އެއް ގޮތަށް، ދީނީ ގައުމީ އިންތަކުގެ މަތީގައި ތަރުބިއްޔާތު ކުރާ މައްސަރަކަށް ހެދުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.