ads
މީހަކު ފިތުރު ޒަކާތް ދައްކަނީ
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި، އޮންލައިންކޮށްވެސް ދެއްކޭ
މިއަދުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަަމުން ދާނެކަމަށް ޒަކާތު ހައުސްއިން ބުނެފި އެވެ.
Advertisement

ޒަކާތު ހައުސްއިން ބުނީ މި އަހަރު ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ކަމަށެވެ.

އޮންލައިންކޮށް ޒަކާތް ބަލައިގަންނަ ޕްލެޓް ފޯމުތައް

  • ދިރާގުގެ ދިރާގުޕޭ
  • އުރީދޫގެ އެމްފައިސާ
  • އިސްލާމިކް ބޭންކުގެ ފައިސާމޮބައިލް އެޕާއި ވެބްސައިޓު
  • ބީއެމްއެލްގެ މޯބައިލް އެޕާއި ވެބްސައިޓު
  • ފަހިޕޭގެ މޯބައިލް އެޕާއި ވެބްސައިޓު
  • އަވަސް އެޕް
  • ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް

އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް، މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަންނާނެ ކަމަށާއި، ރޯދަ މަހުގެ ފަހު ދިހައިގައިވެސް ބަލައިގަންނާނެ ކަމަށް، ޒަކާތު ހައުސްއިން ބުނެއެވެ.

ރަމަޟާން މަހުގެ ފަސްވަނަ ދުވަހުން (ފެބްރުވަރީ 22) ފެށިގެން 20ވަނަ ދުވަހަށް (މާރިޗު 09) ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން މެންދުރު 1:00 އަށް، އަދި ރޯދަ މަހުގެ 21ވަނަ ދުވަހުން (މާރިޗު 10)އިން ފެށިގެން 30ވަނަ ދުވަހަށް (މާރިޗު 19)އަށް، ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00އިން މެންދުރުފަހު 2:00 ޖަހަންދެން ބަލައިގަންނާނެއެވެ.

ރަށްރަށުގައި ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ ރަށްރަށުގެ ކައުންސިލުންކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ. 

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް 

  • އާދައިގެ ހަނޑޫ : 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ : 53 ރުފިޔާ
  • ރަތް ހަނޑޫ : 96 ރުފިޔާ
  • ބަސްމަތީ ހަނޑޫ (އާދައިގެ) : 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު) : 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

މިދިޔަ އަހަރުގެ ރޯދަ މަހާއި އަޅާ ބަލާއިރު ރަތް ހަނޑުލުން ފިތުރު ޒަކާތް ދައްކަންޖެހޭ އަދަދުވަނީ ދިހަ ރުފިޔާ މައްޗަށް ޖެހިފަ އެވެ. އާދައިގެ ބާސްމަތީ ހަނޑުލުން ތިން ރުފިޔާ މައްޗަށް އުފުލިފައިވާއިރު މޮޅު ވައްތަރުގެ ބާސްމަތީ ހަނޑުލުން ނުވަ ރުފިޔާ ވަނީ އުފުލިފަ އެވެ. މީގެއިތުރުން އެންމެ މޮޅު ވައްތަރުގެ ބާސްމަތީ ހަނޑުލުން މިދިޔަ އަހަރަށްވުރެ ތިން ރުފިޔާ ވަނީ މައްޗަށް ޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް