އެ ބިއުރޯއިން ވަނީ މި ސާވޭގައި މާލޭގައި ހަރަކާތްތެރިވުމަށް 16 އެނިއުމަރޭޓަރުން ހޯދުމަށް އިއުލާންކޮށްފަ އެވެ. މިސާވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށްކަމަށް އެ ބިއުރޯއިން ބުނެއެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސާވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެނެކަމަށް އެ ބިއުރޯއިން ބުނެއެވެ. އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީނެއް ދިނުމަށްވަނީ ހަމަޖެހިފައިވާކަމަށްވެސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ބުނެއެވެ.
ދޭ އިނާޔަތްތައް
މި ސާވޭގައި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން https://forms.gle/NGso3oWiLKfv77mFA އިން އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް މިމަހުގެ 26 ވަނަދުވަހުގެ 14:00ގެ ކުރިން ހުށައެޅުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އެދެއެވެ.