ރައީސް މުއިއްޒު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ވަޑައިގެންނެވީ އެ ގައުމުގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހައްމަދު ޔޫނުސްގެ ދައުވަތަކަށް އާ ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
މި ދަތުރުފުޅުގައި، ރައީސް ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ތާރިގު ރަޙްމާނާއި ވެސް ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ލީޑަރުން ވަނީ ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ދާއިރާތަކުން ގުޅުން ވަރުގަދަކުރުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
މިއީ 17 ނޮވެމްބަރު 2023 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ބަންގްލަދޭޝްއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.