ads
ބަރުބަރީ މިސްކިތަކީ 1400 މީހުންނަށް އެއްފަހަރާ ނަމާދަށް އެރޭނެ ޖާގައިގެ މިސްކިތެއް. -ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މަސްޖިދުލް ޔޫސުފުލް ބަރުބަރީ ރައީސް ހުޅުއްވައިިދެއްވައިފި
މަޖީދީމަގުން، ރަށްދެބައި މަގުގައި ހުންނަ މަސްޖިދުލް ޔޫސުފުލް ބަރުބަރީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފި އެވެ.
Advertisement

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން އިސްލާމީ ކަންތައްތަކާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި މިސްކިތް ހުޅުވާފައިވަނީ، މިއަދު އަސްރު ނަމާދުގެ ވަގުތާ ދިމާކޮށެވެ. އަދި މިސްކިތް ހުޅުވުމަށްފަހު އެ މިސްކިތުގައި ވަނީ ނަމާދުކޮށްފަ އެވެ. 

ތިން ބުރިއަށް އިމާރާތްކޮށްފައިވާ އެ މިސްކިތަކީ 1400 މީހުންގެ ޖާގަ އޮންނާނެ އެވެ. 

ބަރުބަރީ މިސްކިތް ތަޅާލައި، އެ ބިމުގައި ތިން ބުރީގެ އާ މިސްކިތެއް އަޅަން "އަލިސާފު" ކުންފުންޏާ ހަވާލުކުރީ ޑިސެމްބަރު 2024 ގަ އެވެ. 

އިސްލާމިކް މިނިސްޓަރު މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް