ads
ބަރްބަރީ މިސްކިތް ހުޅުވުމުގެ ތެރެއިން
ރޯދައަށް 15 މިސްކިތް ހުޅުވިއްޖެ، ޖުމްލަ 19 ހުޅުވޭނެ: ޝަހީމް
މި ރޯދައަށް މިހާތަނަށް 15 މިސްކިތް ހުޅުވިއްޖެކަމަށާއި ޖުމްލަ 19 މިސްކިތް ރޯދަ ނިމެންވާއިރަށް ހުޅުވޭނެކަމަޑށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ޝަހީމް ވިދާޅުވީ ރޯދަމަހަށް ސަލްމާން މިސްކިތް އޭސީ މައްސަލަވެސް ހައްލުކޮށް ނިންމާފައިވާކަމަށެވެ. އެއާއި އެކު 15 މިސްކިތް ހުޅުވި، ރޯދަ މަސްތެރޭ ވެސް ބައެއް ތަންތަން ހުޅުވޭނެކަމަށާއި ޖުމުލަ 19 މިސްކިތް މި ރޯދަމަހު ހުޅުވިގެންދާނެކަމަށެވެ. އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ބިނާކުރި މިސްކިތްތައް ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ރޯދައަށް މިސްކިތްތަކަށް ގެނައި ބަދަލު ހާމަކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މާލެ ސިޓީ 800 މީހުންނަށް ވުރެ ގިނަ މީހުން ނަމާދުކުރާ މިސްކިތްތައް ފިރިހެނުންނާއި އަންހެނުންގެ ނަމާދުކުރާ ބައިތައް އޭސީ ކޮށްފައިވާކަމަށެވެ.  

އޭގެއިތުރުން މި ރޯދަމަހު ކުރާނެ ބައެއްކަންކަން މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

  • އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ. އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކަށް ބޭރުން ހާފިޒުން ގެނެވިފައި.
  • މާލެ ސިޓީގައި 24 މިސްކިތެެއްގައި ދިވެހި ޒުވާން ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ
  • އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ރޯދަަަ މަހު 3 ވަނަ ހުކުރު ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ކުރާނެ އީދު ނަމާދު ގެ ބޮޑު ޖަމާޢަތުގައި ވެސް ޒުވާނުން އިމާމުވެ ނަމާދު ކުރާނެ. 
  • އަތޮޅުތަކުގައި 10 ރަށެއްގައި އިޙުޔާ ފޯރަމް ބޭއްވޭނެ. 

މީގެ އިތުރުން މިއަހަރަކީ އެންމެ ގިނަ ހާފިޒުން ދަސްވެނި ވާ އަހަރުކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި ޤުރުއާން ޓީޗަރުން ނެތް 10 ރަށަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނެސް ޤުރުއާން މަރުކަޒުގެ 10 ގޮތްޕަކަށް އިއްޔެ 10 ޓީޗަރުން ވަނީ ފޮނުވާފައިވާކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް