ads
ހޭންޑީ ވޯޓާގެ ފުޅިތަކެއް
ޖަރާސީމު ހުރި ފެންފުޅިތައް ބާޒާރުން ނަގާ، ފިޔަވަޅު އަޅައިފިން: ހޭންޑީ ވޯޓާ
ޖަރާސީމު ހުރި ފެންފުޅިތައް ބާޒާރުން ނަގާ، އެކަން ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާނޭކަމަށް ހޭންޑީ ވޯޓާ ބަންދުކުރާ ހޭންޑީ އިންޑަސްޓްރީޒުން ބުނެފިއެވެ.
Advertisement

ރާއްޖޭގައި ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ އެމްއެފްޑީއޭއިން މިދިޔަ އަންގާރަ ދުވަހު ބުނީ، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާގެ 330 މިލިލީޓަރާއި ބައި ލީޓަރާއި އެއް ލީޓަރުގެ ފެން ބިއްލޫރި ފުޅިތަކުން ފެނިގެން ނުވާނެ ޖަރާސީމުތައް ފެނިފައިވާ ކަމަށެވެ. އެ ފެނުގެ ތަހުލީލު ނަތީޖާ ދައްކާގޮތުން، އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭ ފެނެއްނޫން ކަމަށް، އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ

އެހެންކަމުން އެ ފެން ބޭނުން ނުކުރުމަށާއި އެ ފެން ބާޒާރުން ނެގުމަށް ވަނީ އަންގާފައެވެ. 

އެމްއެފްޑީއޭގެ އެ ނިންމުމާއި ގުޅިގެން އެކަމާ ގުޅިގެން، ހޭންޑީ ވޯޓާ ބަންދުކުރާ ހޭންޑީ އިންޑަސްޓްރީޒުން  ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީ އެކަން ކުންފުންޏަށް އެންގުމާ އެކު އެއްވެސް ލަސްކުރުމެއް ނެތި އެ ބެޗުތަކުގައި ވިއްކާފައިވާ އެންމެހާ ފުޅިތައް ބާޒާރުން ނަގާފައިވާކަމަށެވެ. 

" އެމްއެފްޑީއޭ އިން ޓެސްޓުކޮށް، ބެލިއިރު ހޭންޑީ ވޯޓާގެ ML 330 ގެ 007 ބެޗު، 006 ބެޗު، 500 ML ގެ 0026 ބެޗު، 1،000 ML ގެ 009 ބެޗު، 0011 ބެޗުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަވެފައިވާ ކަމަށް އެ އޮތޯރިޓީ މި ކުންފުންޏަށް އެންގުމާ އެކު އެއްވެސް ލަސްކުރުމެއް ނެތި އެ ބެޗުތަކުގައި ވިއްކާފައިވާ އެންމެހާ ފުޅިތައް މި ކުންފުނިން ވާނީ ރީކޯލް ކޮށްފައެވެ،" ހޭންޑީ އިންޑަސްޓްރީޒްގެ ބަޔާނުގައިވެއެވެ.

އެ ކުންފުނިން ބުނީ ފެންފުޅިތަކުގައި ޖަރާސީމު ހުރި ސަބަބު ދެނެގަނެ އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވާނީ އަޅާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް