ads
ލީގުގެ އެއްވަނައިގަ އޮތް ލިވަޕޫލްގެ ކޯޗު ކްލޮޕް
އިނގިރޭސި ޕްރިމިއާ ލީގު ކެންސަލްކޮށްފާނެ
ނިއުޓްރަލް ދަނޑުތަކެއްގައި، ބާކީ މެޗުތައް ކުޅެން ކްލަބުތަކުން އެއްބަސްނުވާ ނަމަ، މި އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ކެންސަލް ކުރަން ޖެހިދާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މާޗު މަހުގެ ތޭރަ ވަނަ ދުވަހު، ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލިއިރު، މި ސީޒަންގައި އަދި ބާކީ ނުކުޅެ ނުވަދިހަ ދެ މެޗު އެބައޮތެވެ.

ލީގު މެނޭޖާސް އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް ރިޗަޑް ބޭވަން، ބީބީސީއާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި، މިހާރު ހުށަހަޅާފައިވާ ގޮތަށް ނިއުޓްރަލް ދަނޑުތަކެއްގައި ބާކީ މެޗުތައް ކުޅެން ކްލަބުތަކުން އެއްބަސް ނުވާނަމަ، ލީގު ކެންސަލް ކުރަން މަޖުބޫރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރުވަނީ ނިއުޓްރަލް ދިހަ ދަނޑެއްގައި ބާކީ މެޗުތައް ކުޅެން ހުށަހަޅާފައެވެ. މި ހުށަހެޅުމަށް ބައެއް ކްލަބުތަކުން އެއްބަހެއް ނުވެއެވެ.

ލީގު އަލުން ފެށުމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ ކަންކަމާއި މެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ވެއެވެ. ހޯމަ ދުވަހު، ލީގާއި މެދު ގޮތެއް ނިންމުމުގެ ކުރިން، އާދިއްތަ ދުވަހު އިގިރޭސި ބޮޑު ވަޒީރު، އިނގިރޭސިވިލާތުގެ ހާލަތާއި ގުޅޭ ގޮތުން ނިންމަވާ ނިންމެވުމަށް ރިއާޔަތް ކުރާނެއެވެ.

ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ގާއިމު ކުރެވިއްޖެ ނަމަ، ލީގުގެ ބާކީ ހުރިހާ މެޗެއްވެސް ކުޅެ، ލީގު ފުރިހަމަ ކުރަން އުޞޫލެއްގެ ގޮތުން ހުރިހާ ކްލަބަކުންވެސް އެއްބަސްވެއެވެ. އެހެންނަވެސް ލީގުގެ ބާކީ މެޗުތައް ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭ ގޮތުން ހުރިހާ ކްލަބަކަށް އެއް ގަލަކަށް ނޭރެއެވެ. 

ނިއުޓްރަލް ދަނޑުތަކެއްގައި ކުޅެން ހުށަހަޅާފައިވާ ހުށަހެޅުން ފާސްވެގެންދާނީ، ހޯމަ ދުވަހު ނަގާ ވޯޓުގައި ލީގުގައި ވާދަކުރާ ވިހި ކްލަބުގެ ތެރެއިން މަދުވެގެން ސާދަ ކްލަބުން އެއްބަސްވާނަމައެވެ. އެހެން ނޫން ނަމަ ލީގު ކެންސަލް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އިގިރޭސި އެފްއޭއިން މަސައްކަތް ކުރަމުން އަންނަނީ ޖޫން މަހުގެ ތެރޭގައި ކުޅުން އަލުން ފެށުމަށެވެ. ޖޫން މަހު ކުޅުން އަލުން ފެށުމަށް މަޝްވަރާތައް ކުރިއަށްދާއިރު، ރައްކާތެރިކަމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއްވެސް އެޅުމަށްވަނީ މަޝްވަރާ ކުރެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް