ads
މި ރަމަޟާން މަހުގެ ފުރަތަމަ އިހުޔާ ފޯރަމް މިރޭ
މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހުޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިހުޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
Advertisement

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ އޮންނަ ފޯރަމްގެ މައުޟޫއަކީ "ރަމަޟާން މަހުގެ މަތިވެރިކަން" މިއެވެ. މިރޭގެ ފޯރަމްގައި ތަގުރީރުކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ފޯރަމް ފަށާނީ 21:30 ގައެވެ.

މާލެ ސަރަހައްދުގައި އިޙްޔާ ފޯރަމްތައް ބާއްވަނީ ކޮންމެ ބުރާސްފަތި އަދި ހޯމަ ދުވަހެއްގެ ރެ އެވެ. މި އަހަރުވެސް މާލެ ސަރަޙައްދުގައި ޖުމްލަ އަށް ޕްރަގްރާމް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު އަތޮޅު އިހުޔާ 10 ރަށެއްގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް