ރަމަޟާންމަހުގެ ރޯދައާ ގުޅިގެން ކުރެވޭ ބައެއް މުހިއްމު ސުވާލުތަކުގެ ތެރޭގައި ރޯދަނުހިފުނު މީހާއަށް މުއްދު ބެހުމާ ބެހޭ ގޮތުން ކަންތައް ކުރަންވީ ގޮތް އޮޅުންފިލުވަން ކުރާ ސުވާލު ވަރަށް ގިނައެވެ.
މިއަދު އުފެދޭ އެއް ރޯދަ ހިފަން ދަތިވާ މީހުން ފިދިޔަގެ ގޮތުގައި ލާރި ބެހިޔަސް ކަމުދާނެތޯ؟
ކީރިތި ގުރުއާންގައި ﷲ ވަހީކުރައްވާފައިވަނީ
أَيَّامًۭا مَّعْدُودَٰتٍۢ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌۭ طَعَامُ مِسْكِينٍۢ ۖ فَمَن تَطَوَّعَ خَيْرًۭا فَهُوَ خَيْرٌۭ لَّهُۥ ۚ وَأَن تَصُومُوا۟ خَيْرٌۭ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ١٨٤
އައްޝެއިހު އަހުމަދު ސަމީރު ވިދާޅުވާ ގޮތުގައި ރޯދަ ހިފަން ދަތިވާ މީހައަށް ދީނުގައި އޮތީ މިސްކީނަކަށް ކާން ދިނުމުގެ ވާހަކަ ކަމަށާ އެހެން ނަމަވެސް ސުވާލުގައި ރުފިޔާ ބެހުން ކިހިނެއްތޯ ވާނެ ސުވާލު ކޮށްފައިވާތި ޖަވާބުގައި ދެންނެވެން އޮތީ ރުފިޔާ ބެހުމުގަ ކޮންމެސް ވަރެއްގެ ހިފެހެއްޓުމެއް އަޅުގަނޑުމެން ގެންގުޅެން ޖެހޭ ކަމަށާއި އެހެންވަނީ މުޖުތަމައުގަ ބައެއް ފަހަރު ކަންތައް ހުންނަ ގޮތުގެ ސަބަބުން ކަމަށެވެ.
ޝެއިހު ސަމީރު އިތުރަށް ވިދާޅުވީ މި ފަދަ ސަބަބުތަކާއި ހެދި ކާއެއްޗެހި ދިނުމަށް އިލްމްވެރިން ބޮޑަށް ބާރު އަޅާ ކަމަށާއި، އެހެން ނަމަވެސް ފައިސާ ހިސާބު ކޮށްފަ ކާއެއްޗެހި ގަންނަށް ބުނެފަ ފައިސާ ދިނަސް ﷲ އިރާދަކުރެއްވިއްޔާ ޖާއިޒް ވާނެ ކަމަށް ބެލޭވޭ ކަމަށް އިލްމުވެރިން އެއް ބަސްވާ ކަމަށެވެ.
ފިދިޔަދިނުމުގެ ސަބަބާއި އޭގެ މިންވަރާއި އޭގެ ހައްގުވެރިން ބަޔާން ކުރައްވަމުން الله تعالى ވަހީކުރައްވަނީ... ﴿وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ﴾ (البقرة: ١٨٤) މާނައީ: "އަދި އުނދަގޫކަމާ އެކު އެ ކަމަށް ކުޅަދާނަވާ މީހުން (އެބަހީ: ރޯދަ ނުހިފޭ މީހުން)ގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާ އެކު) ފިދިޔަދިނުމެވެ. (ފިދިޔައިގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ، ތަޠައްވަޢުގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެ ކަންތައް އެ މީހަކަށް ހެޔޮކަން ބޮޑެވެ."