ads
ބާޒާރުގައި ހުރި ކަނޑޫދޫ މިރުސް
ރޯދަ ބާޒާރު: ކަނޑޫދޫ މިރުހުގެ އަގު މައްޗަށް
ބުދަ ދުވަހު ރޯދަ މަސް ފެށުނުއިރު, ދިވެހީންގެ ތެރޭގައި މަގުބޫލު ތ. ކަނޑޫދޫ މިރުހުގެ އަގު ގާތްގަނޑަކަށް ދެ ގުނަ ބޮޑުވެއްޖެ އެވެ.
Advertisement

ރޯދައިގެ ކުރިން ކަނޑޫދޫ މިރުހުގެ އަގު ހުރީ 280 ރުފިޔާ އާއި 250 ރުފިޔާއާ ދެމެދު އެވެ. އަދި މީގެ މަސް ދުވަހެއް ކުރިން ހުރީ 120 ރުފިޔާއަށެވެ. 

ނަމަވެސް ރޯދަ މަހު މިރުހަށް އޮންނަ ޑިމާންޑާއިއެކު މި ރުހުގެ އަގު ވަނީ ދެ ގުނަ ބޮޑުވެފައި އެވެ. މިއަދު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގުހުރީ ކިލޯއެއް 5000ރ. އަށެވެ.

މިރުހުގެ އިތުރުން ބާޒާރުގައި އެންމެ އަގުބޮޑުކޮށް ދެން އުޅެނީ ކުރުނބަލެވެ. ބާޒާރުގައި ކުރުނބަލެއް ލިބެނީ 45ރ. އާއި 50ރ. އާ ދެމެދުގެ އަގަކަށެވެ. އޭގެއިތުރުން މިދިޔަ ރޯދަ މަހު އެންމެ ބޮޑަށް އަގު އުފުލުނު ކާށީގެ އަގު ހުރީ 15ރ. އާއި 30ރ. އާ ދެމެދުގަ އެވެ.

އެހެނިހެން ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، ދިވެހި އަނބު ކިލޯއެއް އުޅެނީ 120 ރުފިޔާއަށެވެ. އަދި އަލަނާސި ގަނޑެއް 60 ރުފިޔާއަށް ވިއްކާއިރު، އަލަނާސި ކަރާ ކިލޯއެއް ވިއްކަނީ 30 ރުފިޔާއަށެވެ. މީގެ އިތުރުން ބާޒާރުގައި ކެރެޓު ކިލޯއެއް މިއަދު އުޅެނީ 40 ރުފިޔާއަށެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ, އަސާސީ ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި އެތަކެތި ވިއްކަމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް