ads
ކްރިސްޓަލް ސިމްފޮނީ ރާއްޖޭގައި ބަނދަރުކޮށްފައި
ކްރިސްޓަލް ސިމްފޮނީ އިން 500 ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް
'ކްރިސްޓަލް ސިމްފޮނީ' ކުރޫޒާލައިނުން 500 ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ އިއްޔެ އެ ކްރޫޒްލައިނާ ރާއްޖެ އައީ ސީޝެލްސްގެ ޕޯޓް ވިކްޓޯރިއާއިން ފުރައިގެންކަމަށެވެ. މި ކްރޫޒާލައިނުގައި 548 ފަތުރުވެރިންނާއި 489 ކްރޫއިން ރާއްޖެ އައިސްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެ ހުރިހާ އެންމެނަށް ޕޯޓް ކްލައިއަރެންސް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.   

your imageކްރިސްޓަލް ސިމްފޮނީ ރާއްޖޭގައި ބަނދަރުކޮށްފައި

238 މީޓަރު ދިގު މި ކްރޫޒްލައިނާ މިރޭ ރާއްޖެއިން ފުރާނެއެވެ. ދެން މި ކުރޫޒްލައިނާ ބަނދަރުކުރާނީ ކޮލަމްބޯގައެވެ. 

އަހަރުގެ ފުރަތަމަ ކުރޫޒާ ލައިންގެ ގޮތުގައިވެސް ރާއްޖެ އައިސްފައިވަނީ  'އެމްއެސް ކްރިސްޓަލް ސިމްފަނީ' އެވެ. އެ ފަހަރުވެސް ކުރޫޒްލައިނާ ރާއްޖެ އައީ ސީޝެލްސްގެ މަހޭއިން ފުރައިގެންނެވެ. އެފަހަރު 479 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ކްރޫޒް ލައިނާތަކުގައި އަންނަ ފަތުރުވެރިން ބާލަން ހުއްދަދީފައި އޮންނަނީ އެއް ނަމްބަރު ފާލަން ހިމެނޭ ސަރަހައްދަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް