ads
ރައީސް މުއިއްޒު މާފަންނު ހުޅަނގު ދާއިރާގެ ގެއަކަށް މިއަދު މެންދުރު ވަޑައިގެން އެ ގޭގެ މީހުންނާ ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ކެންޑިޑޭޓުންނާއެކު ރައީސް މުއިއްޒު ދޮރުންދޮރަށް
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވަން "ދޮރުންދޮރަށް" ޕްރޮގްރާމް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިފި އެވެ.
Advertisement

އެންސީން ބުނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް މިއަދުގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ޒިޔާރަތްކުރެއްވި ކަމަށެވެ. އަދި މަގުމަތިން ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވި ކަމަށް ޕީއެންސީން މައުލޫމާތުދެ އެވެ.

ރައީސްގެ އަރިހުގައި، މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން، އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލާއި، މާލެ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލް ގޮނޑިތަކުގެ ތެރެއިން އިންތިހާބަކާ ނުލައި ޕީއެންސީން މިހާރު ވެސް 69 ގޮނޑި ކާމިޔާބު ކޮށްފައިވާކަން ފާހަގަ ކުރައްވަމުން ފަލާހު މި ހަފުތާގައި ވިދާޅުވީ އެ ދެ އިންތިހާބުގައި ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މިއަހަރުގެ އެޕްރީލް 4 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް