ads
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔެއޯލް
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށްލައިފި
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔެއޯލްގެ މައްޗަށް 2024 ވަނަ އަހަރު މާޝަލް ލޯ ޑިކްލެރޭޝަނުން ހަމަނުޖެހުން ފެތުރުމަށް އިސްކޮށް އުޅުނު ކަމުގެ ކުށް ސާބިތުވުމުން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
Advertisement

ޔޫން، ކުއްލިހާލަތު އިއުލާން ކުރެއްވީ ސިޔާސީ ހަރަކާތްތައް ހުއްޓުވައި، ގާނޫނު ހަދާ މަޖިލީހުގައި ތަޅުއަޅުވައި، މީޑިއާގެ ބާރު ކަނޑުވާލުގެ ގޮތުންނެވެ. އެކަމާ ގުޅިގެން އެ ދުވަސްވަރު ދެކުނު ކޮރެއާގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެގެންވެސް ދިޔަ އެވެ.

ޔޫން އަސްކަރީ ގާނޫނު އިއުލާންކުރީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އުތުރު ކޮރެއާއަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެއެވެ. ނަމަވެސް އެ ނިންމެވުން ބާތިލުކުރަން މަޖިލީހުން ފާސްކުރުމުން ޔޫން އަމިއްލައަށް އެ ނިންމުން އަނބުރާ ގެންދެވި އެވެ. އެ މައްސަލަ ދިމާވީ ޔޫންއަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށްވެ، ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އޭގެ ފަހުން ޔޫން މަގާމުން ދުރުކުރަން މަޖިލީހުން ފާސްކުރީ އެވެ.

ހުކުމް އިއްވަވަމުން ފަނޑިޔާރު ޖީ ކުއީ-ޔޫން ވިދާޅުވީ، އޭރުގެ ޑިފެންސް މިނިސްޓަރު ކިމް ޔޮން-ހިޔުންއާ ގުޅިގެން ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ސިފައިން ފޮނުވުމަކީ ބަގާވާތުގެ އަމަލެއް ކަމަށެވެ. އަދި ހަތިޔާރު އެޅި ސިފައިން މަޖިލީހަށް ފޮނުވައި މީހުން ހައްޔަރުކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމުގެ ސަބަބުން މުޖުތަމައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

"ކޯޓުން ފެންނަ ގޮތުގައި ނިޔަތަކީ ގިނަ ދުވަސްތަކެއް ވަންދެން އެސެމްބްލީ ޕެރެލައިޒް ކުރުން،" ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުގައި ޖީ ވިދާޅުވިއެވެ.

އެކަންކަމަށް ބަލައި ގާޒީ ވަނީ އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ. އުމުރުން 65 އަހަރުގެ ޔޫންގެ ވަކީލުން ވިދާޅުވީ ކޯޓުގެ މި ނިންމުން އިސްތިއުނާފު ކުރުމަށް ވިސްނަމުންދާ ކަމަށެވެ.

ޔޫންއަށް ހުކުމް އިއްވާފައިވާއިރު، އަނބިކަނބަލުން ކިމް ކިއޮން ހީގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ މައްސަލަ ސާބިތުވެ، އޭނާ އެއް އަހަރާއި އަށް މަސް ދުވަހަށް ޖަލަށް ލާން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ކިމް 30 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއިރު، ސަރުކާރުގެ އެހެން އިސް ބައެއް ބޭފުޅުންނަށް ވެސް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމްތައް އިއްވާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް