ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުންކަން ފާހަގަކުރައްވަމުން މިއަދުގެ ހުތުބާގައި ބުނީ މުސްލިމު މުޖުތަމައުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެކަމަށެވެ. އެގޮތުން ވަކީން ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ހިދުމަތްދޭ ފަރާތްތަކުން އެކަމަށް ސަމާލުކަންދޭން ހުތުބާގައިވަނީ ގޮވާލާފަ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ކެއިން ބުއިމުގެ ހިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ހިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ހުތުބާގައިވަނީ ގޮވާލާފަ އެވެ. އަދި މީގެއިތުރުން ޝަރުއީ އުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ އުޒުރުވެރީން ވެސް ރޯދަމަހުގެ ހުރުމަތް ދަމަހައްޓާންވާނެކަމަށް ހުތުބާގައިވަނީ ގޮވާލާފަ އެވެ.
މިއަދުގެ ހުތުބާގައިވަނީ ރޯދަމަހުގެ މާތްކަމާއި ސަވާބު ހޯދުމަށް ގަދަ އަޅާ މަސައްކަތްކުރުމަށް ގޮވާލާފަ އެވެ. އެގޮތުން މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ އެ ހައްގެއް އަދާކޮށް ފާފަ ފުއްސަވުން އެދި ގިނަގިނައިން ދުއާކުރަން ހުތުބާގައިވަނީ އިލްތިމާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;