ބޭނުންވާ ތަކެތި:
3 ސަމުސާ އޯޓްސް
ލެކްނޯރ ސްކިމްޑް މިލްކް
1 ސަމުސާ ޗިއާ ސީޑް
2 ސަމުސާ ޔޯގަޓް
2 އަނބު (ކޮށާލާފަ)
ތައްޔާރު ކޮށްލާނެގޮތް:
ފުރަތަމަ ތަށްޓަކަށް އޯޓްސް ކޮޅު އަޅާފަ ،އޯޓްސް ކޮޅު މަތިން ހުންނަ ވަރަށް މިލުކް ކޮޅު އަޅާފަ، އޭގެތެރެއަށް ޗިއާ ސީޑް ކޮޅު އަޅާށެވެ. ދެން އޭގެ ތެރެއަށް ޔޯގަޓް ކޮޅު އަޅާފަ އެއަށް ފަހު 2 އަނބު އޭގެތެރެއަށް ކޮށާލާށެވެ. ދެން ފުރިޖަށް ލާފަ 6 ގަޑި އިރު ވަންދެން ބަހައްޓާލާށެވެ.
މިހާރު މިހުރީ ޗިއާ ސީޑް ޕުޑިން ހަދާ ނިމިފަ އެވެ. މީ ރޯދަ ވީއްލާ ގަޑީގަ ކާލަން ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;