ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ރޯދަމަހު ކަސްރަތުކޮށް ހަދަން އެންމެ ރަނގަޅު ވަގުތަކީ ރޯދަ ވީއްލުމަށްފަހު ގައެވެ. ސަބަބަކީ ރޯދަމަހު ޖިސްމާނީ ގޮތުންނާއި، ނަފުސާނީ ގޮތުން ހަށިގަނޑު އެންމެ ބޮޑަށް ތާޒާވެގެންދާ އެއްވަގުތަކީ ރޯދަވީއްލުމަށްފަހު އަންނަ ވަގުތުކަމަށްވާތީ އެވެ.
އަދި ރޯދަ ވީއްލުމުގައި ބޭނުންކުރެވޭ ކާބޯތަކެތީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބާރާއި، ބުންވަރު ލިބިގެންދާތީ އެވެ. ރޯދަ ވީއްލުމަށްފަހު ލުއި ކެއުމެއް ބޭނުންކުރެވިދާނެ އެވެ. އެއަށްފަހު މަޣްރިބު ނަމާދުކޮށްގެން، ބައިގަޑިއެއްހާއިރު ކަސްރަތުކޮށްލުމަށްފަހު، ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކެއުމެއް ހިޔާރު ކުރެވިދާނެ އެވެ.
ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ރޯދަ ވީއްލާފައި ސިއްހަތަށް ފައިދާ ހުރި ކާނާއެއް ކެއުމަށް ފަހުން އެއްގަޑިއިރު ފަހުން ކަސްރަތު ކުރުން ނުވަތަ ތަރާވީހުގެ ފަހުން ކަސްރަތު ކުރުން ރަނގަޅެވެ.
ރޯދަ މަހުގެ ކުރިން އެއްގަޑިއިރު ވަންދެން ކަސްރަތު ކުރާނަމަ ރޯދަ މަހު 30 މިނިޓަށް ކަސްރަތު ކުރާ ވަގުތު ކުޑަކޮށްލެވިދާނެ ކަމަށް ކަސްރަތު އިންސްޓްރަކްޓަރުން ލަފާ ދެއެވެ. އެހެންވީމާ ރޯދަމަހު ކަސްރަތު ކުރުމަކީ މީގެ އިތުރަށް ހަށިގަނޑު ފިޓުކޮށްލުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;