ads
ފުރުޓްސް
ރޯދަ ބާޒާރު: ފަނިގިރާ ބާވަތްތައް ހުރީ އަތް ފޯރާ ފަށުގައި!
މި އަހަރުގެ ރޯދަ މަހުގެ ތިން ވަނަ ދުވަހަށް ބަލާއިރު މާލޭ ސަރަހައްދުގެ ގިނަ މާރުކޭޓުތަކުން ރަމަޟާންމަހު އާންމުކޮށް ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން، އެހެނިހެން ދިވެހި ކާބޯތަކެތިވެސް ލިބެން ހުރީ "އަތް ފޯރާ ފަށުގައި!" އެވެ.
Advertisement

ރާއްޖެ އަނބު 80-100 ރުފިޔާއަށް ކިލޯއެއް ލިބެން ހުރިއިރު ބޭރު އަނބު ލިބެން ހުރީ 80 ރުފިޔާއަށް ކިލޯއެކެވެ. އޮރެންޖެއް 12 ރުފިޔާއަށް ލިބެން ހުރިއިރު ކުރުނބައެއް އުޅެނީ 40-50 ރުފިޔާއަށެވެ.

ފެޝަން ފުރުޓް 80 ރުފިޔާއަށް ކިލޯއެއް ހުރިއިރު ދޮންކެޔޮ ކިލޯއެއް ވިއްކަނީ 60 ރުފިޔާއަށެވެ. އަދި ކަރާ ކިލޯއެއް މިއަދު ހުރީ 20-25 ރުފިޔާއަށެވެ. 

މީގެ އިތުރުން ބޭރު ފޭރު ކިލޯއެއް 80 ރުފިޔާއަށް ލިބެން ހުރިއިރު ދިވެހި ފޭރު ކިލޯއެއް ލިބެން ހުރީ 160 ރުފިޔާ އަށެވެ. 

ބާޒާރުގައި އާންމުކޮށް ބޭނުންކުރާ އެހެން ތަކެތި ލިބެން ހުރި އަގުތައް:

  • ތޮރާ ކިލޯއެއް - 25ރ. އަށް
  • ކިއުކަމްބާ ކިލޯއެއް - 55ރ. އާއި 70ރ. އަށް
  • ޓޮމާޓޯ ކިލޯއެއް - 75ރ. އަށް
  • ލުނބޯ ކިލޯއެއް - 60ރ. އަށް
  • ބީންސް ކިލޯއެއް 80ރ. އާއި 90ރ. އަށް
  • ލީކްސް ކިލޯއެއް - 85ރ. އަށް
  • ކެރެޓް ކިލޯއެއް - 40ރ. އަށް
  • ލޭޑީސް ފިންގާ ކިލޯއެއް - 65ރ. އަށް
  • ކަށިކެޔޮ (ރަތް) 10-15 ރ. އަށް ވަކެއް
  • އަލުވި ކިލޯއެއް - 20-25 ރ. އަށް 
  • ރޯ ކަދުރު ކިލޯއެއް - 300ރ. އަށް
  • ކެޕްސިކަމް ކިލޯއެއް - 50 ރ. އަށް 
  • މެންޑެރިން ކިލޯއެއް - 70ރ. އަށް
  • މޭބިސްކަދުރު ކިލޯއެއް - 20ރ. އަށް
  • ކޮޕީފަތް ބޮނޑިއެއް - 10ރ. އަށް
  • ކުއްޅަފިލާފަތް ބޮނޑިއެއް - 15ރ. އަށް
  • ކަންކުން  ބޮނޑިއެއް - 15 ރ. އަށް
  • ކާއްޓެއް - 20-30 ރ. އަށް
  • ގަބުޅިއެއް - 20-30 ރ. އަށް

ބާޒާރުގައި އިއްޔެއާ އަޅާބަލާއިރު މިއަދުވެސް ތަކެތީގެ އަގު ހުރީ ގާތްގަނޑަކަށް އެއް މިންވަރެއްގައި ހިފެހެއްޓިފަ އެވެ. ނަމަވެސް ރޯދައަށް ތަކެތީގެ އަގު ބާޒާރުގައި ބޮޑުވެގެންދިޔަކަން ފާހަގަކުރެވެ އެވެ.

މީގެއިތުރުން ބާޒާރުގައި އެކި ގޮޅިތަކުގައި ތަކެތީގެ އަގުތަކުގައި ބޮޑު ތަފާތުތަކެއް އުޅޭކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ. 

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ, އަސާސީ ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި އެތަކެތި ވިއްކަމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;