މި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ބަންގުލަދޭޝް ދެމީހުންކަމަށްވާ އުމުރުން 35 އަހަރުގެ މުހައްމަދު މޮޝަރޮފް އާއި 36 އަހަރުގެ އަހަރުގެ ނަޔަން މިއާ އެވެ.
މި ދެމީހުންފެ ބަންދުގެ މުއްދަތު އިއްޔެ ވަނީ ކޯޓުން ޖަހާދީފައެވެ. އެ އަމުރުގައިވާ ގޮތުން މުޖުތަމައުގެ ސަމާލަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ މި ދެ މީހުންވެސް ހަތް ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފައެވެ. އަދި ދެ މީހުންގެ ސްޕޮންސަރާ ގުޅޭނެ އިންތިޒާމު ހަމަޖައްސައި، ސްޕޮންސަރުގެ ބަހެއް ހޯދުމަށްވެސް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލާގައި ފުލުހުން ބުނީ މި މާރާމާރީގައި އިތުރު ބަޔަކު ބައިވެރިވުން އޮތްކަމަށް ބެލެވޭކަމަށާއި އޭގެ ތެރެއިން ދެމީހަކު ފިލާފައިވާކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;