ބޭނުންވާ ތަކެތި :
1 ބިސްކޯދު ޕެކެޓް( އޯރިއޯ/ ޕީނަޓް ވައްތަރު)
1 ޖޯޑް އައިސްކުރީމް (ވެނީލާ އައިސްކުރީމް)
1 ޕެކެޓް ފުލްކުރީމް
އައިސް ކިއުބް
ތައްޔާރު ކޮށްލާނެ ގޮތް:
ފުރަތަމަ ބުލެންޑަރު އަށް އޯރިއޯ ބިސްކޯދުތައް އެޅުމަށްފަހު ފުލްކުރީމް ޕެކެޓުން ބައެއް އަޅާ ރަނގަޅަށް ބުލެންޑަރު އިން ގިރާލާށެވެ.
އެއަށްފަހު މިކުްސްކޮށްލި ބައި ޖަގަކަށް އަޅާފަ އެއަށް އައިސް ކުރީމް، ފުލްކުރީމް ބާކީ ހުރިބައި އަދި އައިސް ކިޔުބް އަޅައިގެން ގިރާލާށެވެ. މިހާރު މިހުރީ އޯރިއޯ މިލްކްޝޭކް ހަދާ ނިމިފަ އެވެ.
މީ ރޯދަވީއްލާ ގަޑީގަ ބުއިމުކަށް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ވަރަށް މީރު ބުއިމެކެވެ. މި ތައްޔާރުކޮށްލަން މާގިނަ އިރު ތަކެއްވެސް ބޭނުމެއް ނުވެ އެވެ.
ނޯޓް: ފޮނިރަހަ މަޑުވާނަމަ ގެރިކިރު ކޮޅެއް ނޫނީ ހަކުރު ކޮޅެއް އަޅައިގެން ގިރާލާށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;