ބާޒާރުގައި ރޯދައިގެ ކުރިން އޮރުންޖު 5 ރުފިޔާއަށް ހުރި ނަމަވެސް މިހާރު ކަންމަތީ ފިހާރަތަކާއި މަރުކޭޓުން އޮރެންޖެއް ލިބެން ހުރީ 10 ރުފިޔާއަށެވެ. އަދި ބައެއް ގޮޅިތަކުން އޮރެންޖު ނުވެސް ލިބެއެވެ.
ރޯދަ ފެށުމުގެ ކުރިން އޮރެންޖު ކޭހެއް ގަންނަން ލިބެން ހުރީ 850 އަށެވެ. އެހެންނަމަވެސް މީހާރު އޮރެންޖު ކޭހެެއްގެ އަގު ވަނީ 950 ވުރެ މައްޗަށް އަރާފަ އެވެ.
ފަނި ގިރުމަށް ގިނަ ބަޔަކު ބޭނުންކުރާ ޖުމްހޫރީ މޭވާގެ އަގު، ރޯދަމަހުގެ ފުރަތަމަ ހަތަރު ދުވަސް ތެރޭ 80 ރުފިޔާއިން 140 ރުފިޔާއަށް ވަނީ އުފުލިފަ އެވެ.
އަދި ދިވެހީން ފަނިގިރުމަށް ބޭނުންކުރާ އެހެން ބައެއް ތަކެއްޗަށް ބަލާއިރު ދިވެހި ކުރުނބާގެ އަގު ހުރީ، 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައި ހިފެހެއްޓިފަ އެވެ. އަދި އަލަނާސި ގަނޑެއް 70 ރުފިޔާ އާއި 75 ރުފިޔާއަށް އުޅޭއިރު މީގެ ކުރީން އަލަނާސީގެ އަގު ހުރީ 60 ރުފިޔާގަ އެވެ.
ރޯދަ މަހަށް އެސްޓީއޯއިން ބައެއް ތަކެތި އެތެރެކޮށްފައިވާއިރު އެތަނުގައި މިހާރު އޮރެންޖު ކިލޯއެއް ހުރީ 40 ރުފިޔާއަށެވެ. ރޯދަމަހަށް ބޭނުންވާ އަސާސީ މުދާތައް އަގު ބޮޑުވިޔަ ނުދީ ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމުގެ ޔަގީން އެސްޓީއޯއިން ވަނީ ދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;