މި އިންޒާރު ދީފައިވަނީ އިންޑިއާގެ ނުރައްކާތެރި ގޭންގު ލީޑަރެއް ކަމަށްވާ ލޯރެންސް ބިޝްނޯއީގެ ގޭންގާ ގުޅުން އޮންނަ މީހެކެވެ. މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގު ފަށާފައެވެ.
ފުލުހުން ބުނި ގޮތުގައި ރަންވީރުގެ މެނޭޖަރަށް ލިބުނު ވޮއިސް ނޯޓެއްގައި ވަނީ ދިހަ ކަރޯޑު ރުޕީޒް ނުދީފި ނަމަ ރަންވީރާއި އޭނާގެ މުވައްޒަފުންނަށް ގެއްލުން ދޭނެ ކަމަށް ބުނެފައެވެ. މި އިންޒާރު ފޮނުވާފައިވަނީ އެމެރިކާގެ ނަންބަރަކުން ހެރީ ބޮކްސާ ކިޔާ މީހެކެވެ. މިއީ ބޮލީވުޑްގެ ފަންނާނުންނަށް އަމާޒުކޮށް ބިޝްނޯއީ ގޭންގުން ދެމުންދާ އިންޒާރުތަކުގެ ތެރެއިން އިންޒާރެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.
މި މައްސަލައާ ގުޅިގެން ރަންވީރު ސިންގް އާއި އޭނާގެ އާއިލާގެ ސަލާމަތީ ކަންކަން ފުލުހުން ވަނީ ވަރުގަދަކޮށްފައެވެ. އިންޒާރު ދިން މީހާ ހޯދުމަށް ފުލުހުން މިހާރު ވަނީ ހާއްސަ އަމުރެއް ނެރެފައެވެ. އިންޒާރު ލިބުމަށްފަހު ވެސް ރަންވީރު ސިންގް އާއި އޭނާގެ އަންހެނުން ދީޕިކާ ޕަދުކޯން ވަނީ އާންމު ހަފުލާއަކުން ފެނިފައެވެ. ނަމަވެސް އެ މީހުން އެ ހަފުލާއަށް ދިޔައީ ފުލުހުންގެ ހާއްސަ ހިމާޔަތުގެ ދަށުނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;