ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި މުޅިންހެން މިހާރު ވަނީ މި ދެތަރިންހެ ކައިވެންޏަށް ވަމުންދާ ތައްތާރީތަކުގެ ވާހަކައެވެ.
މިގޮތުން ކައިވެނީގެ ހަފުލާ އަށް ފަހު ދެ ރިސެޕްޝަނެއް ބާއްވަން ވަނީ ނިންމާފައެވެ. އެއީ ދެކުނުގެ ފިލްމީ ދާއިރާގެ ފަންނާނުންނަށް ބާއްވާ ރިސެޕްޝަނަކާއި ބޮލީވުޑްގެ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ރިސެޕްޝަނެކެވެ.
ދެކުނުގެ ފަންނާނުންނަށް ބާއްވާ ރިސެޕްޝަން އޮންނާނީ ހައިދަރު އާބާދުގައެވެ. ބޮލީވުޑްގެ ތަރިންނަށް ބާއްވާ ރިސެޕްޝަން އޮންނާނީ މުމްބާއީގައެވެ،
ރަޝްމިކާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ދެކުނުގެ މިހާތަނަށް އެންމެ ކާމިޔާބު އެއް ފިލުމުކަމަށްވާ "ޕުޝްޕާ" އިންނެވެ. އޭގެއިތުރުން ބޮލީވުޑްގެ ގިނަ ފިލްމުތަކުންވެސް އޭނާ މިހާރު އަންނަނީ ފެންނަމުންނެވެ. އެގޮތުން ބޮލީވުޑްގައި މިދިޔަ އަހަރު އެންމެ ކާމިޔާބުވި ފިލްމު "އެނިމަލް" ގައިވެސް ލީޑުން ފެނިގެންދިޔައީ ރަޝްމިކާއެވެ.
ވިޖޭއަކީ ވެސް ދެކުނުގައި ތިބި އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހުމެނޭ ފަންނާނެކެވެ. އޭނާގެ "އަރުޖުން ރެޑީ" އަކީ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމުއެވެ. އަދި އޭގެފަހުން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2022 ގެ ނެރުނު "ލައިގާ" އަކީވެސް ވިޖޭ ކާމިޔާބު ފިލްމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;