ހަލީމް މިހެން ވިދާޅުވީ އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރާ އިދިކޮޅު ކެންޑިޑޭޓެއް ހޮވައިގެން މަސައްކަތް ކުރާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވަ އެވެ. އެހެންވެ، އެއީ ރައްޔިތުން ވެސް ވިސްނަން ޖެހޭ ކަމެއް ކަމަަށް ހަލީމް ވިދާޅުވި އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ހާއްސަކޮށް ވެރިރަށް, މާލޭގައި ވަަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;