ads
ބީއެމްއެލް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރަނީ - ފޮޓޯ/ބީއެމްއެލް
އެމޭޒަން އަދި އަލީއެކްސްޕްރެސް ބްލޮކެއް ނުކުރޭ، ކާޑުގެ މުއާމަލާތް ވަނީ އިތުރު: ބީއެމްއެލް
އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޮގުކޮށްފި އެވެ.
Advertisement

އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެކަމާ ގުޅޭ ގޮތުން ބީއެމްއެލްއިން ރޭ ނެރުނު ބަޔާނެއްގައި އެކަން ވަނީ ދޮގުކޮށްފަ އެެވެ.

"އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް އަމާޒުކޮށް ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާ ކަމަށް ބުނެ ފެތުރޭ ރިޕޯޓްތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް،" ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

ކަސްޓަމަރުންނަށް ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވާކަން ފާހަގަކުރަމުން ބީއެމްއެލްއިން ބުނީ ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ މިލިއަން ޑޮލަރު ކާޑުން ކުރާ މުއާމަލާތްތަކަށް ހަމަޖައްސައިދޭ ކަމަށެވެ. 

ބީއެމްއެލް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކޮށްފައިވާ ގޮތުގެ ތަފާސްހިސާބުތަކަކީ: 

  • 2023: 311 މިލިއަން ޑޮލަރު

  • 2024: 389 މިލިއަން ޑޮލަރު

  • 2025: 524 މިލިއަން ޑޮލަރު

  • 2026 ޖަނަވަރީއަށް: 59 މިލިއަން ޑޮލަރު 

ބޭންކުން ބުނީ އެ މުއާމަލާތްތަކުގެ ތެރެއިން މިއަހަރު %66 މުއާމަލާތްކޮށްފައި ވަނީ އީކޮމާސް ވެބްސައިޓްތަކުގައި ކަމަށެވެ. 

ބީއެމްއެލްއިން ވަނީ، މި މަހުން ފެށިގެން ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކުރުމަށް ދޭ ލިމިޓްތައް އިތުރުކޮށްފަ އެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭންކުން އަންނަނީ ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ މުއާމާލާތްތައް ކުރުމަށް މަހަކު 3,000 ޑޮލަރާ ހަމަޔަށް ލިމިޓް ދެމުންނެވެ. އަދި ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއް ދީފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;