ބޭނުންވާ ތަކެތި:
ފުށްގަނޑު ތައްޔާރު ކޮށްލަން
3 ޖޯޑް ފުށް
2 ސަމުސާ ޔީސްޓް
4 ސަމުސާ ހަކުރު
2 ބިސް
ލޮނުކޮޅެއް
2 ސަމުސާ ބަޓަރ
0.5 ޖޯޑް މިލްކް
0.5 ޖޯޑް ފެން
ވެނީލާ ކުރީމް ތައްޔާރު ކޮށްލަށް
1 ޖޯޑް ކިރު
0.5 ޖޯޑް ހަކުރު
2 ސަމުސާ ކޯން ފުލާ
3 ބިސް
1 ސަމުސާ ވެނީލާ އެސެންސް
1 ސަމުސާ ބަޓަރު
ތަށީގަ ބަޓަރު ކޮޅެއް ލާފަ ފުށް ގަނޑު މޮޑޭފަ 45 މިނެޓް ވަންދެން ރީއްޗަށް މަތިޖަހާލާފާ ބަހައްޓާށެވެ.
ވެނީލާ ކުރީމް ތައްޔާރު ކޮށްލަށް ބަޓަރު ފިޔަވައި ދެން ހުރި ހުރިހާ އެއްޗެއް އަޅައިގެން އެއްކޮށްލާނީ އެވެ. އެއްކޮށްލާ ނިމުނީމަ މަޑުގިނީގަ ބަހައްޓައިގެން ރަނގަޅަށް ކުރީމް ކޮޅު ކައްކާލާށެވެ. ދެ ތިން މިނެޓް ކައްކާލާފަ ބަޓަރު ކޮޅު އެއްކޮށްލާށެވެ.
ދެން ކުރިން ބުނި ފުށްގަނޑު ތަށިން ނަގާފަ މެދުން ފަޅާލާފަ ގުޅަ ޖަހާލާށެވެ. ގުޅަތައް ޖަހާލާފަ ރަނގަޅަށް ކޮންމެ ގުޅައެއް ވަށްކޮށްލާފަ ޕާޗްމަންޓް ޕޭޕާގައި އަނެއްކާވެސް ގުޅަތައް 1 ގަޑި އިރު ވަންދެން ބަހައްޓާ ލާށޭވެ. އޭގެ ޕާޗްމަންޓް ޕޭޕާގައި ބެހެއްޓީމަ ޑޯނަޓް ތެލުލަން ވަންދެންވެސް ރީތި ކޮށް ތަތްނުލަވާ ހުންނާނެ އެވެ.
އެއަށްފަހު ކުރިން ކައްކާލި ކުރީމް ކޮޅު ޕައިޕން ބޭގް އަކަށް އަޅާލާށެވެ.
އެއަށްފަހު ކުރިން ބެހެއްޓި ޑޯނަޓްތައް ތެއްލުލާ ށެވެ. ތެލައްލާ އިރު ވަރަށް ބޮޑަށް ސަމާލުކަން ދީގެން އަތަށް ހޫނު ނުވާ ގޮތަށް ތެޔޮ އަތަށް ނުބުރާ ގޮތަށް ތެލުލަން ހަނދާން ކުރާށެވެ.
ދެން އެއަށްފަހު އުލެއް ނޫނީ އިލޮށްޓެއް ބޭނުންކޮށްގެން އެތެރޭގަ ލޯވަޅެއް އަޅާލާށެވެ. އަދި އެ ލޯވަޅުން ޕައިޕިން ބޭގް އަށް އެޅި ކުރީމް ކޮޅު ކޮންމެ ޑޯނަޓެއްގެ އެތެރެ ފިލް ކޮށްލާށެވެ.
މިހާރު މިހިރީ ވެނީލާ ކުރީމް ޑޯނަޓް ހަދާ ނިމިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;