ads
ނަން ބޯޑު ހަރުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ބޮޑު މަގުގައި ނަން ބޯޑު ހަރުކޮށްފައި
މާލޭގެ މަގުތަކަށް ކިޔާ ނަންބޯޑުތައް ހަރުކުރަން ފަށައިފި
މާލޭގެ މަގުތަކަށް ކިޔާ ނަންބޯޑުތައް ހަރުކުރަން ފަށައިފިއެވެ.
Advertisement

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ މަގުތަކަށް ކިޔާ ނަންތައް އެނގޭގޮތަށް ބޯޑުތައް ނެތްތާ 10 ވަރަކަށް އަހަރު ވެފައިވާކަމަށެވެ. އެހެންކަމުން މާލޭ ވިލުމާލޭގެ މަގުތަކުގައި ނަން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. 

ހުޅުމާލެ އާއި މާލެއާއި ވިލިމާލެއަކީ މާލޭ ސިޓީގެ ތިން ރަށްކަމަށްވުމުން ތިން ރަށުގައިވެސް އެއް ގޮތަށްކަންކަން ކުރުމަށް މާލެއާއި ވިލިމާލޭ މަގުތަކުގައި ބަހައްޓާނީ ހުޅުމާލޭގައި ހުރި ކަހަލަ ބޯޑުތައްކަމަށް އާޒިމް ވިދާޅުވިއެވެ. 

" މިގޮތަށް ޖަހާލެވުނީމަ މީ މާލޭގައި އުޅޭ މީހުންނަށްވެސް އަދި މާލެ އަރާ ގެސްޓުންނަށްވެސް އަޅުގަނޑުމެންގެ މެހެމާނުނަނަށްވެސް މި ހުރެވުނީ ކޮންތާކުތޯ އަދި ގޫގުލް ކަހަލަ ެއެއްވެސް ބަލާލުމުންވެސް މި މަގުތައް ފަސޭހައިން ފެނިގެން ދާނެ." އާދަމް އާޒިމް ވިދާޅުވިއެވެ.

މާލެއާއި ވިލިމާލޭގައި ނަން ބޯޑު ހަރުކުރުމުގެ މަސައްކަތް ދެ ހަފްތާ ނޫނީ ތިން ހަފްތާގެ ތެރޭގައި ނިންމާލާނެކަމަށް އާޒިމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;