އެމްބިއުލާންސަކަށް ޖާގަ ނުދީ މުދާ ބާލަން އޮތް ޕިކަޕު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އެއްކޮޅަށް ދުއްވާ މަގަކުން ސައިރަން އަޅަމުން އައި އެމްބިއުލާންސަކަށް ޖާގަ ނުދީ އޭގެ ކުރީގައި އޮތް ކުޑަ ޕިކަޕަކުން ތަނަކަށް މުދާ ބާލުވަން އޮތް ތަނަނެވެ. އޭރު އެ ޕިކަޕުގެ ފަހަތުގައި ދެން އޮތް އުޅަނދުތައް ބަރުގޮނު އަޅާއަޑުވެސް ވީޑިއޯއިން އިވެއެވެ.
މުދާތައް ބާލައި ނިމުމުން ޕިކަޕު ދުއްވާފައި އައިސް ވީޑިއޯކުރަން ހުރި މީހާ ކައިރިޔައަށް ކުޑަކޮށް މަޑުކޮށްލާ ކޮންވެސް އެއްޗެކޭ ބުނާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އެހެންނަމަވެސް އެ މީހާ ބުނި އެއްޗެއް ސާފެއް ނުވެއެވެ. މި ކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މައްސަލަ ެއެ މިނިސްޓްރީން ބަލަމުންދާކަމަށެވެ. އަދި އެ ކަން ހިނގާފައިވާގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭނަމަ ފިޔަވަޅު އަޅާނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;