ads
ރައީސް ޑރ.މުއިއްޒު މައްޗަންގޮޅި ގެއެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ކެންޑިޑޭޓުންނާއެކު ރައީސް މުއިއްޒު މައްޗަންގޮޅި މެދުގައި ދޮރުންދޮރަށް
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވަން "ދޮރުންދޮރަށް" ޕްރޮގްރާމްގެ ތެރެއިން މައްޗަންގޮޅި ދެކުނު ދާއިރާގެ ކެމްޕެއިން ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގެންފި އެވެ.
Advertisement

ރައީސްގެ އަރިހުގައި، މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން، އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލާއި، މާލެ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް އެ ސަރަހައްދަށް ވަޑައިގަތުމާއެކު އާއްމުންގެ ގިނަ ބަޔަކުވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖަމާވެފަ އެވެ. ރައީސްވަނީ އެ ސަރަހައްދަށް ޖަމާވެ ތިބި އާއްމުންނާ ސަލާންކުރައްވައި އެމީހުންގެ ހާލު އޮޅުންފިލުއްވައި ވާހަކަދެއްކެވެމުގައި ވަގުތު ހޭދަކުރައްވާފަ އެވެ. 

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލް ގޮނޑިތަކުގެ ތެރެއިން އިންތިހާބަކާ ނުލައި ޕީއެންސީން މިހާރު ވެސް 69 ގޮނޑި ކާމިޔާބު ކޮށްފައިވާކަން ފާހަގަ ކުރައްވަމުން ފަލާހު މި ހަފުތާގައި ވިދާޅުވީ އެ ދެ އިންތިހާބުގައި ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މިއަހަރުގެ އެޕްރީލް 4 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;