ads
ފެން ހިންދާ ނިޒާމު ހަރުދަނާކުރަން ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު: އެ މަޝްރޫއުގެ މަސައްކަތް ނިންމާނީ އެއް އަހަރާއި ހަތަރު މަސް ދުވަހުން - ފޮޓޯ: ހައުސިން މިނިސްޓްރީ
މާލޭގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
މާލެއަށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެސިލިއަންސް އެންޑް އެންހާންސްމަންޓް އިން މާލެ އައިލެންޑް" ގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. ޓެކް އިންޓަނޭޝަނަލް އިންކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މަކޯޓޯ ޔޮކޮށީ އެވެ. 

މި މަޝްރޫއުގެ ދަށުން މާލޭގައި ގާއިމުކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓްކުރުމަށް ހަރުކުރަންޖެހޭ އާލާތްތައް ޕަންމްޕް ސްޓޭޝަންތަކުގައި ހަރުކުރުމާއި މަޝްރޫއުގެ ތެރެއިން 16 ޕަންމްޕް ސްޓޭޝަން މޮނިޓާ ކުރުމަށް ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަނެއް ގާއިމުކުރުން ހިމެނެ އެވެ. 

މީގެ އިތުރުން ފެން ހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގެ ވެހިކަލެއް ފޯރުކޮށްދިނުންވެސް ހިމެނެ އެވެ. 

އެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވަނީ އެއް އަހަރާއި ހަތަރު މަސް ދުވަހެވެ. މި މަޝްރޫއުގެ އަގަކީ 247 މިިލިއަން ޖަޕަނީޒް ޔެން (24.5 މިލިއަން ރުފިޔާ) އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;