އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔާފަރާތީގެ ގޮތުގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާކަމަށެވެ.
މި ފުޅިތަކަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާގޮތަށް ވަކި ވައްތަރެއްގެ ޕްލާސްޓިކް ( ޕޮލިއެތިލީން ޓެރަތަޔަލޭޓް PET) އިން ތައްޔާރުކޮށްފައިވާ ފުޅިތަކެއްކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
އަދި މިއީ ހަމައެކަނި ވަކިކަހަލަ އުފެއްދުންތަކަކަށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތަކަށްވާއިރު ބާޒާރުގައި ތަފާތު އެކި ބާާވަތްތަކުގެ ބުއިންތައް މި ފުޅީގައި ބަންދުކުރާކަން ފާހަގަކުރެވިފައިވާކަމަށްވެސް އެ އޮތޯރިޓީން ބުނެެއެވެ.
އެހެންކަމުން ބޯފެން ހުސްކުރި ޕެޓް ފުޅިތައް ކާބޯތަކެތި ބަންދުކުރަން ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ވަނީ އަންގާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;