މި ބުޅާ ސަލާމަތްކުރީ "ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް" އާއި "ޓޯފޫ ފައުންޑޭޝަން" އިންނެވެ.
ކާނޭ އެއްޗެއް އަދި ބޯނެ އެއްޗެއް ނެތް އެ ފަޅުރަށުގައި ބުޅަލެއް އޮތްކަމާއި އޭތި ސަލާމަތް ކުރަން އެދި އެކަން ސަމާލުކަމަށް އެރަށަށް ދަތުރުކުރި ސަފާރީއެއްގައި ތިބި ޓޫރިސްޓުންތަކެކެވެ.
އެމީހުން ސޯޝަލް މީޑިއާގައި ވަނީ މި ބުޅާ ސަލާމަތްކޮށް ދިނުމަށް އެދި ޕޯސްޓެއް ކޮށްފައެވެ. އެމީހުން ބުނީ އެ ބުޅާ ވަރަށް އޮޅުކަމަށެވެ. އހެންނަމަވެސް އެމީހުން ދަތުރުކުރާ ބޯޓުގެ ގަވާއިދުތައް ހަމަޖެހިފައިވާ ގޮތުން އެމީހުންނަށް ބުޅާ ގެންދެވޭނެ ގޮތެއް ނެތްކަމަށެވެ. އަދި ބުޅަލުގެ ފޮޓަކާއި އެރަށް އޮންނަ ހިސާބު ދައްކުވައިދޭ ޗާޓެއް ހިމަނާ ސޯޝަލް މީޑއާގައި އެ ޓްއަރިސްޓުން ކުރި ޕޯސްޓުގައިވަނީ ، ބުޅާ ސަލާމަތްކޮށް މީހުން އުޅޭ ރަށަކަށް ގެންގޮސްދޭ އެދިފައެވެ. އަދި އެކަން ކުރާ މީހަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށްވެސް އެ ޕޯސްޓުގައިވެއެވެ.
ފަތުރުވެރިންގެ މި ޕޯސްޓް ފެނި ބުޅާ ސަލާމަތްކުރަން "ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް" އާއި "ޓޯފޫ ފައުންޑޭޝަން" އެރަށް ދިޔައީ މިމަހުގެ 21 ވަނަ ދުވަހުގެ ފަތިހު 5:30 އިން ހެނދުނު 10:00 އާ ދެމެދުކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެހެންނަމަވެސް ބުޅާ ބިރުގަނެފައި ހުރުމުގެ ސަބަބުން ފުރަތަމަ ފަހަރު އެކަން ނުވިކަން އެ ޖަމިއްޔާއިން ބުނެއެވެ.
އެހެންކަމުން އެރަށަށް ދިޔަ ޓީމުން ބުޅަލަށް ބޯނެ ފެނާއި ކާނާ ބަހައްޓާ އޮޅުކުރަން މަސައްކަތްކޮށް އިއްޔެ ކުރި މަސައްކަތުން ބުޅާ އެރަށުން ސަލާމަތްކޮށް މ. މަޑުއްވަރީއަށް ގެންގޮސްފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި މިހާރު
އެ ބުޅާ އޮތީ މ. މަޑުއްވަރީގައި ބުޅަލަށް ލޯބިކުރާ މީހެއްގެ ބެލުމުގެ ދަށުގައިކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;