ads
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި އޮއިވަރު މެންޓަލް ހެލްތު ރިސާޗު ކޮންފަރެންސް އިންތިޒާމްކުރާ ފަރާތުން އެއްބަސްވުން ބަދަލުކުރަނީ. - ފޮޓޯ/ބީއެމްއެލް
މެންޓަލް ހެލްތު ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
އޮއިވަރު މެންޓަލް ހެލްތު ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.
Advertisement

އޮއިވަރު މެންޓަލް ހެލްތު ރިސާޗު ކޮންފަރެންސް ބާއްވަނީ މޭ 16 އަދި 17ގައި ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ. 

އެ ކޮންފަރެންސްގެ މަގްސަދަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއި ދިރާސާވެރިން އަދި އެ ދާއިރާގެ އެކި ފަރާތްތަކާ އެކު ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކާއި، މަޝްވަރާތައްކޮށް އެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމެވެ.

ބީއެމްއެލްއިން ބުނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަމެއްދީ ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށާއި ނަފްސާނީ ދުޅަހެޔޮކަން ހޯދުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، މުޖުތަމައުތަކުގެ ދުޅަހެޔޮކަން ކުރިއަރުވަން އިސްކަން ދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;