ތިނަދޫ ސިޓީގެ މާލެ އޭރިއާގެ ޕީއެންސީ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ފަލާހު ވިދާޅުވީ 1،352 ގޮނޑީގެ ތެރެއިން 30 އިންސައްތައެއްހާ ގޮނޑިއަށް ވާދަ ނުކުރީ ބަޔަކު ނުލިބިގެން ކަމަށެވެ. މިކަމުން ވެސް އެމްޑީޕީގެ ތާއީދު ދަށަށް ގޮސްފައި އޮތް މަންޒަރު އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީއަކީ ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބޭ އެއް ޕާޓީ ކަމަށާއި، އެ ޕާޓީއަށް މިދިޔަ އަހަރު ނުވަ މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދީފައިވާކަމަށް ފަލާހު ވިދާޅުވި އެވެ.
ނަމަވެސް އިންތިހާބާ ދިމާކޮށް ޕާޓީން ކެންޑިޑޭޓުންގެ ފީވެސް އީސީއަށް އެމްޑީޕީން ދައްކައިދީފައި ނުވާކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ކެމްޕެއިން ކުރުމަށް އެއްވެސް ހަރަދެއް ކެންޑިޑޭޓުންނަށް ދީފައިނުވާކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ސިފަކުރެއްވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކެންޑިޑޭޓުން ނެރެގެން އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ ރާއްޖެއަށް ގެއްލުންދީ ގައުމު ހަލާކުކުރުމުގެ މަސައްކަތެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;