ads
ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުންތަކެއް ހުވާކުރުމުގެ ތެރެއިން
ފުލުހުންގެ ވަޒީފާއަށް ކުޅުދުށްފުށިން ގިނަ ބަޔަކު ނަގަނީ، މުސާރަ 17ހާހުން މަތި
ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް ހދ. ކުޅުދުއްފުށިން ގިނަ އަދަދެއްގެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
Advertisement

އެ އިދާރާއިން ބުނީ މީހުން ހޯދަނީ ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކަމަށެވެ. މި މަގާމަށް ކުޅުދުއްފުށިން 20 މީހުންނާއި ގދ ތިނަދޫއިން އެކަކު ބޭނުންވާކަމަށް ފުލުހުން ބުނެއެވެ.   

އެ މަގާމުގެ މުސާރައަކީ 17,175.00 ރުފިޔާ އެވެ. މި މަގާމަށް ކުރިމަތިލެވޭނީ ގްރޭޑް 10 ނިންމާފައިވާ ޒުވާނުންނަށްކަމަށް ފުލުހުން ބުނެއެވެ. އަދި އެ ޒުވާނަކީ މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހޭނެކަމަށްވެސް ފުލުހުން ބުނެއެވެ. 

މި މަގާމަށް ކުރިމަތިލާ މީހަކީ ފިރިހެނަކު ނަމަ އިސްކޮޅުން 05 ފޫޓް 03 އިންޗި ހުންނަން ޖެހޭނެކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އަންހެނަކު ނަމަ އިސްކޮޅުން 05 ފޫޓް ހަމަވާން ޖެހޭނެކަމަށްވެސް ފުލުހުން ބުނެއެވެ. 

ވަޒީފާއަށް މީހުން ނެގުމުގައި ބަލާނެ އަދި އިސްކަންދޭނެ ކަންތައްތައް: 

  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން. 
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަރވިއު އާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. 
  • މި ވަޒީފާއަށް މީހުން ހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކަށް އިސްކަންދެވޭނެ.

މި  މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، މާރިޗުމަހުގެ 05 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަނަށް ނުވަތަ ތިނަދޫ ސިޓީ ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަނަށް ހުށަހެޅުމަށް ފުލުހުން އެެދެއެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށްކަމަށްވެސް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;